Saturday, May 17, 2014

އެޑިއުކޭޝަނަލް ސައިކޮލޮޖީ



އެޑިއުޝަނަލް ސައިކޮލޮޖީއަކީ ކިޔަވަދިނުމުގެ މާހައުލައް ނިކުންނަ ކޮންމެ މުދައްރިސަކަށް އެގުން ވަރަށް މުހިންމު އެއްޗެކެވެ. ޓީޗަރުންނަކީ ދަރިވަރުންނައް އުގަންނައި ދިނުމުގައި އެންމެ އިސްރޯލެއް އަދާކުރާ އެއްބައެކެވެ. އެހެންކަމުން ދަރިވަރުންގެ މިޒާޖާއި،ދަރިވަރުންގެ ޠަބީޢަތަށް އަންނަބަދަލުތަކާއި، ހެދިބޮޑުވުމާއި ވިސްނުމުގެ އިތުރުން އެކުދިންގެ ސުލޫކައްއަންނަ ބަދަލުތައް ޓީޗަރުންނަށް އެނގެންޖެހެއެވެ. މިކަންކަން އެންމެ ރަންގަޅަށް އެގިގެންދަނީ ފަސޭހައިން ޓީޗަރައް އެގިގެންދަނީ އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ތެރެއިންނެވެ. އެޑިއުކޭޝަނަލް ސައިކޮލޮޖީގެ އެކި ތިޔަރީތައް ބަޔާންކުރާގޮތުންނަމަ، ކުއްޖާ އުޅެ ބޮޑުވާ މާހައުލުގެ ގޮތުންނާއި ވިސްނުމަށް އަންނަ ބަދަލުތައް ނުވަތަ ޖިސްމާނީ ތަރައްޤީގެ ސަބަބުން ކުއްޖެއްގެ އުޅުމާ މިޒާޖަށް ބަދަލު އާދެއެވެ. އެހެންކަމުން އެކިއެކި ކުދިންގެ ކިބައިގައި ހުންނަ އެކި ތަފާތުކަށް ވިސްނައިގެން ކިޔަވައިދިނުމަކީ ވަރަށް  މުހިއްމު ކަމެކެވެ.މިސާލަކަށް މައިންބަފައިންގެ ލޯބި ފުރިހަމައަށް ނުލިބޭ ކުއްޖެއްގެ އުޅުމާއި އަޚުލާޤުއާއި މިކަންތައްތައް ފުރިހަމައަށް ނުލިބޭނަމަށް މިހުރިހާ ކަމެއް ފުރިހަމަށްއަށް ލިބިފައިވާ ދަރިވަރުންނާ ތަފާތުވާނެއެވެ. އެހެންކަމުން އެފަދަ ދަރިވަރަކާ މުއާމަލާތު ކުރުމުގައި ޓީޗަރެއްގެ ހައިސިއްޔަތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. މިދެންނެވި ތަފާތުތަކާއެކު އެންމެ ރަނގަޅަށް މުޢާމަލާތު ކުރެވޭނީ އެޑިއުކޭޝަނަލް ސައިކޮލޮޖީ ކޮންމެވެސް ވަރަކަށް އެނގިގެންނެވެ.
އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ދަށުން އުނގެނުމާއި އުންގަންނައިދިނުމަށް މަގުފަހިވާފަދަ ތިޔަރީތަކެއް ބަޔާންކުރެވިފައިވެއެވެ. މިގޮތުން އުފެދިފައިވާ ތިއަރީތަކަށް ބަލާއިރު، ކުދިންގެ ކިބައިގައި ބަސް ތަރައްޤީ ވަމުންދާ ގޮތާއި، ވިސްނުމަށް އަންނަ ބަދަލުތަކާއި އުނގެނުމުގައި ގެންގުޅޭ އުސޫލުތަކާ ބެހޭ ތިއަރީތައް ހިމެނެއެވެ. މިއިން ކޮންމެ ތިއަރީއަކީވެސް، ކިޔަވައިދިނުމުގައި އެ ތިއަރީއެއްގެ ބޭނުންކުރުމުން ކިޔަވައިދިނުމަށާއި އުނގެނުމަށް ފަހިވާނެ ތިއަރީތަކެކެވެ. އެހެންނަމަވެސް ހަނދާންކުރަންޖެހޭ އެއްކަމަކީ ކޮންމެ ތިއަރީއެއްގައިވެސް އުނިކަންތައްތަކެއް ހުރެދާނެކަމާއި، އެހެންކަމުން ތިއަރީތައް ބޭނުންކުރާއިރު، ދިވެހި ވެއްޓާ އެންމެގުޅޭގޮތަކަށް އެތިއަރީތަކުގެ ބޭނުންކުރުމަށް ސަމާލުކަންދިނުން ވަރަށް މުހިއްމުއެވެ.

No comments:

Post a Comment