ސޯޝަލް ކޮގްނިޓިވް ލަރނިންގ ތިއަރީ
ސޯޝަލް ކޮގްނިޓިވް ލަރނިންގ ތިއަރީ އުފެދިފައިވަނީ ނަފްސާނީ
ޢިލްމުވެރިއެއްކަމަށްވާ އަލްބަޓް ބަންދޫރާގެ ވިސްނުމުގެ މައްޗަށެވެ. އުނގެނުމަކީ
މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާ ގުޅޭގޮތުން
އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް ބަދަލުވުން ކަމުގައި އަލްބަޓް ބަންދޫރާ
(1986) ހާމަކުރައްވައެވެ. މިތިއަރީގައި ބަންދޫރާ ފާހަގަކުރާ މައިގަޑު
ކޮންސެޕްޓަކީ ''ރެސިޕްރޯކަލް ރިލޭޝަންޝިޕް'' ނުވަތަ ''ގުޅިލާމެހިފައިވާ ގުޅުން''
މިއެވެ. މި ކޮންސެޕްޓް ބަންދޫރާ ތަފްޞީލް
ކުރަމުން ފާހަގަކުރާ ގޮތުގައި މިގުޅުމުގައި މައިގަނޑު ތިންބައެއް ހިމެނެއެވެ. އެބައިތަކަކީކަމެއް
ނުވަތަ ސުލޫކު (ބިހޭވިއަރ)، މާހައުލު، އަދި މީހާގެ ވިސްނުމެވެ. މިއިން ކޮންމެ ބައެއް އެއްކަމެއް އަނެއްކަމަކަށް އަސަރުކުރުވައެވެ.
މޮޑެލިން
(ނަމޫނާ ބެލުން):
ބަންދޫރާ
(1986) ހާމަކޮށްފައިވާ ގޮތުގައި ކުދިން ވަށައިގެން އުޅޭ އެކިއެކި މީހުން ކުރާ
ކަންކަން ބަލައި ކޮޕީކޮށްގެން އެކަން މޮޑެލް ކުރެއެވެ. މިގޮތުން އޭނާ މޮޑެލިންގެ
ތިން ވައްތަރެއް ވާކަމަށް ފާހަގަ ކުރައްވާފައި ވެއެވެ. އެއީ ޑައިރެކްޓިވްކޮށް
މޮޑެލް ކުރުމާއި، ސިމްބޮލިކްކޮށް މޮޑެލް ކުރުމާއި، ސިންތިސައިސްކޮށް މޮޑެލް
ކުރުމެވެ. މި މޮޑެލްގައި ކުދިން
ވަށައިގެންއުޅޭ އެކިމީހުން ކުރާ ކަންތައް ބަލާ ކޮޕީކޮށްގެން އެކަން އެގޮތަށް
މޮޑެލްކުރަން މަސައްކަތް ކުރެއެވެ. ނުވަތަ އެކުދިން އެކަން ފެނުނުގޮތަށް ނަކަލު
ކުރެއެވެ.
1. ޑައިރެކްޓް މޮޑެލް ކުރުން
ޑައިރެކްޓް
މޮޑެލް ކުރުމަކީ ފެންނަ ކަމެއް އެއަށް އެއްވެސް ބަދަލެއް ނުގެނެސް މޮޑެލް
ކުރުމެވެ. މިއީ ތުއްތު ކުދިންގެ ކިބައިން ވެސް ވަރަށް އާންމުކޮށް ފެންނަ
ސިފައެކެވެ. ކުއްޖެއްގެ އަތުން އެއްޗެއް ވެއްޓި އަޑެއް ކިޔައިފި ނަމަ، އެއަޑު އެއީ
ކަމުދާ އަޑަކަށް ވެއްޖެނަމަ އެ އެއްޗެއް ދެ ވަނަ ފަހަރަށް ވައްޓައިލަ އެވެ. މީގެ
މިސާލަކީ، ކުއްޖެއްގެ އަތުން ކުކުޅު ބިހެއް ވެއްޓި ތެޅިއްޖެ ނަމަ ދެ ވަނަ ފަހަރަށް
ވެސް އެފަދަ ބިސްހެއް ދިނުމުން ވައްޓައިލާ ތަޅާލާ ކަމެވެ. މިއީ އެކި
ފަހަރުފަހަރުގެ މަތިން ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ. ހަމައެއާއާއެކު، މަދަރުސީ
މާޙައުލަށް ބަލައިލައި އިރު، އާރޓް ކިޔަވާ ކުދިން އެއްޗެއްގެ ނަމޫނާ ދެއްކުމުން އެ
އެއްޗެއް ހަމަ އެ ގޮތަށް ކުރަހާ ކުލަޖައްސަން ޝައުޤުވެރިކަމާއެކު މަސައްކަތް ކުރެ
އެވެ. އެހެންކަމުން މި ގޮތަށް މޮޑެލް ކޮށްގެން ކުދިން އުނގެނެ އެވެ.މިސާލަކަށް:
ކުލާހުގައި ދިވެހިރާއްޖެ ޤައުމީ ރުއް ކުރަހާގޮތް ކިޔާދިނުމުން
އެގޮތް އެއްވެސް ބަދަލެއް ނުގެނެސް ކޮޕީކުރުންމެވެ.
2. ސިމްބޮލިކްކޮށް މޮޑެލް ކުރުން
ފޮތްތަކުންނާއި
ޓީވީންނާއި، ވާހަކަތަކުން ނުވަތަ
ޝަޚުޞިއްޔަތުންގެ ސިފަތަށް ކުދިން ނަކަލު ކުރެ އެވެ. މިސާލަކަށް މަޝްހޫރު
ކުޅުންތެރިންގެ ބޮލުގެ އިސްތަށިގަނޑާއި، މަޝްހޫރު ފިލްމީ ތަރިން ހެދުންއަޅާ ގޮތާއި، އެމީހުން ދައްކާ ވާހަކަތައް
ކުދިން ކޮޕީ ކުރެ އެވެ. ސްކޫލުގެ މާޙައުލުގައި ވެސް މުދައްރިސުން ކުރާ
ކަންތައްތައް ކުދިން ވަރަށް ފަސޭހައިން ކޮޕީ ކުރެ އެވެ. ޕްރީސްކޫލް ކުދިން ގެއަށް
އައިސް މީސް ދައްކާ ވާހަކަތަކާއި، ކުލާހުގައި މިސްގެ ޙަރަކާތްތައް ކޮޕީ ކުރެ އެވެ.
3. ސިންތިޒައިޒް ކޮށް މޮޑެލް ކުރުން
މީހެއްގެ
ފަރާތުން ނުވަރަ އެހެންވެސް ގޮތަކުން ފެނުނު ކަމެއް ބަދަލަކާއެކު ނުވަތަ އެހެން
ގޮތަކަށް ބަދަލުކޮށްގެން ކުދިން އެކަން ކުރެ އެވެ. މިސާލަކަށް، އާޓް ގަޑީގައި
ގެއެއް ކުރަހަން ނަމޫނާ ދެއްކުމަށްފަހު، އެ ކުއްޖަކު ބޭނުން ގެއެއް ކުރަހަން
ޙަވާލު ކޮށްފިނަމަ، އެ ފެނުނު ގެއަށް ތަފާތު ބަދަލުތައް ގެނެސްގެން އެހެން ގެއެއް
ކުރަހަފާނެ އެވެ. މީހަކު ލަވައެއް ކިޔާ އަޑު އިވުމުން ކުދިން އެ ކުދިންގެ އަމިއްލަ
ރާގަށް ފައްތާލައިގެން ގހަމަ އެ ލަވަ ތަކުރާރު ކުރެ އެވެ. ހަމައެއާއެކު، އެ
ލަވައިގައި ކިޔާ އެއްޗެއް ނޭނގިއްޖެ ނަމަ، އެ ލަވައިގެ ރާގަށް އެހެން ލަވައެއް
ހަދައިގެން ކިޔާތަން ވެސް އާދެ އެވެ.
ބަލައިގެން
އުގެނުން
ބަންދޫރާ ފާހަގަކުރާ
ގޮތުގައި ކުދިން ހަމައެކަނި ބަލައިގެން ދަސްކުރަނީކީ ނޫނެވެ. އެކަމެއް ކޮށްފިނަމަ
ވާނެގޮތްވެސް އެނގެއެވެ. ހަޤީޤަތުގައި ބަލައިގެން އުގެނުން މިއީ ވަރަށް ބޮޑު
އަހަމިއްޔަތުކަމެއް ދޭންޖެހޭ އުނގެނުމުގެ ވައްތަރެކެވެ. ބަލައިގެން އުނގެނުމަށް
ފުރުޞަތު ދިނުމަށްޓަކައި ކިޔަވައިދިނުމުގައި ބޭނުންކުރުމަށްޓަކައި އަންނަނިވި
ކަންތައްތަކަށް ވިސްނުން މުހިއްމެވެ.
v ސަމާލުކަން
(އެޓެންޝަން)
v ބެލުމަށްފަހު އަމިއްލައަށް
ކުރުމުގެ ޤާބިލުކަން (ޕްރޮޑަކްޝަން)
v ދެކެފައިވާކަމެއް
ހަނދާނަށް ގެނައުން(ރިޓެންޝަން)
v ކަމެއް ކުރުން (ޕާރފޯމަންސް)
މީގައި ޝައުޤުވެރިކަން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.
އެހެންމީހުންގެ
ފުށުން އުނގެނުން (ވިކޭރިއަސް ލަރނިންގ)
މިއީ އެހެންމީހުންގެ ތަޖުރިބާ
އިން ދަސްކުރުން ނުވަތަ އުނގެނުމެވެ. ޢާއްމުކޮށް މިގޮތަށް އުނގެނެވެނީ އެހެންމީހުންނަށް
ދިމާވާ ކަންކަމުގެ ނަތީޖާއަށް ބަލައިގެން އޭނާގެ ސުލޫކު ވަކިގޮތަކަށް ބަދަލު ކުރުމުންނެވެ.
މިގޮތުން، ވިކޭރިއަސްކޮށް އުނގެނޭ އިރު ބައެއް ފަހަރު ވަކިކަހަލަ ކަމަކުން ދުރުވާ
ފަދަ ކަމެއް ދިމާވުމުން ކިޔަނީ ވިކޭރިއަސްކޮށް ޕަނިޝްވުމެވެ. އަދި ވަކިކަމެއް
ކުރާހިތްކުރުވުން ނުވަތަ ކުރުން އިތުރުވާ ގޮތްވާނަމަ ކިޔަނީ ވިކޭރިއަސްކޮށް
ރިއިންފޯސްވުމެވެ.
އަމިއްލައަށް ކަންކަން ބެލެހެއްޓުން (ސެލްފް ރެގިއުލޭޝަން)
ބަންދޫރާ
ފާހަގަކުރާގޮތުގައި މާހައުލުން ބަލައިގެން އުނގެނުނަސް އަދި މޮޑެލިން މެދުވެރިކޮށް
އުނގެނުނަސް ނުވަތަ ވިކޭރިއަސްކޮށް އުނގެނުނަސް މިއިން ކޮންމެ ބާވަތެއްގައި ވެސް
ސެލްފް ރެގިއުލޭޝަން ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ. ސެލްފު ރެގިއުލޭޝަން
އަކީ ޙާޞިލުކުރަން ބޭނުންވާ ގޯލާ ހަމައަށް ދިއުމަށްޓަކައި ވިސްނުމާއި ސުލޫކު އަދި
އިހުސާސްތައް ވަކިގޮތަކަށް ކޮންޓްރޯލް ކުރުމެވެ. ސެލްފުރެގިއުލޭޓެޑް ލަރނާއިން (ސެލްފްރެގިއުލޭޝަން
އުނގެނުމެއް ލިބިފައިވާ) ކުދިންގެ ކިބައިގައި ވަރަށް މުހިއްމު ދެބައެއް
ހިމެނެއެވެ. އެއީ އުނގެނުމުގެ ތަފާތު ހުނަރުތަކާއި އަމިއްލަ ނަފުސު ކޮންޓްރޯލް
ކުރުމުގެ ފުރިހަމަ ޤާބިލުކަން، މި ދެ ކަމުގެ ސަބަބުން ބޭނުންވާ ގޯލު
ޙާޞިލުކުރުމަށް ފަސޭހަވެގެން ދެއެވެ. މީގެ މާނައަކީ އެކުދިންގެ ކިބައިގައި
ކިޔެވުމުގެ ހުނަރާއި އުނގެނުމުގެ ޢަޒުމު ލިބިގެންވާ ވާހަކަ އެވެ.
ކިޔަވައިދިނުމުގައި ސެލްފް ރެގިއުލޭޝަން ބޭނުންކުރާނެ ގޮތް
o
ކިޔަވައިދޭ ބައިތަކާއި އެކު އެބައިތައް
ދަސްކޮށް ފަރިތަކުރާނެ ތަފާތު ގޮތްތައް ބުނެދިނުން.
o
މުދައްރިސުގެ ކިބައިން ކުދިންނަށް ސެލްފު ރެގިއުލޭޝަންގެ މިސާލާއި ނަމޫނާ
ފުރިހަމައަށް ދެއްކުން.
o
ގުރޫޕުގައި މަސައްކަތް ކުރުމުގައި
އަބަދުވެސް އެހީތެރިވެދިނުން.
ރިފަރެންސް
1.
އަލްބަރޓް ބަންދޫރާ.
(1977). ސޯޝަލް ލާރނިން ތިއަރީ. އެންގަލްވުޑް ކްލިފްސް، އެން ޖޭ: ޕްރެންޓިސް
ހޯލް
2.
އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ، ސްތަޑީ ގައިޑް. ސެންޓަރ
ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
3. ތޯމަސް ފެޓުސްކޯ ،ޖޯން
މެކްލުރި. (2005).އެޑިއުކޭޝަނަލްސައިކޮލޮޖީ
މެކްސްސިކޯސިޓީ:ޕިއާރސަން އެޑިއުކޭޝަން.
4. ޝަހުލާ މުޙައްމަދު
.(2013) .އަންސްޓޭންޑިންގ ޕެޑަގޮޖީ އެންޑް ލާރނިންގ ތިއަރީޒްގެ ނޯޓުސް. ސެންޓަރ
ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ.
No comments:
Post a Comment